-Advertisement-

-Advertisement-

މުދާ އެރުވުމަށް ފަސޭހަކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ހަދައިފި

ހުޅުމާލޭގެ ޖެޓީއެއް

މުދާ އެރުވުމަށް ފަސޭހަކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ހަދައިފިއެވެ.

އެޗްޑީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ގާއިމުކުރީ ހުޅުމާލެއަށް މުދާ އަރުވައި ބޭލުމުގައި އެކިއެކި ދަތިތަކާ ކުރިމަތިވާ ކަމަށް ބުނެ އެކި ފަރާތްތަކުގެ ޝަކުވާ އާއި ގުޅިގެންނެވެ.

މީގެއިތުރުން ޖެޓީގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން “މައި ހުޅުމާލެ” ޕޯޓަލުގައި ރަޖިސްޓަރީވެ ޖާގަ ކަށަވަރުކުރަން ޖެހޭނެކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

މި ޖެޓީ ބޭނުންކުރާ އުޅަނދު ތަކުން ފީއެއް ނެގުމަށްވެސް އެޗްޑީސީއިން ވަނީ ނިންމާފައެވެ. އެގޮތުން:

  • އެލުމުނިއަމް އަދި ދަގަނޑު ބޯޓު – 216 ރުފިޔާ
  • ލަކުޑި އަދި ފައިބަރު ދޯނި/ބޯޓު (ބައިނަލްއަގުވާމީ) – 216 ރުފިޔާ
  • ލަކުޑި އަދި ފައިބަރު ދޯނި/ބޯޓު (ރާއްޖޭގެ) – 216 ރުފިޔާ ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކުރިއަށް އޮތް ރޯދަމަހު މުދާ އުފުލުން ގިނަ ވެގެން ދާނެތީ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އެޗްޑީސީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-