-Advertisement-

-Advertisement-

ޕީއެންސީއާއި އަލަށް ގުޅުނު ދެ މެމްބަރަކު އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރަނީ

ރައްޔިތުން މަޖިލީހުގެ މެމްބަރުން /ފޮޓޯ؛ މަޖިލިސް

ޕީއެންސީއާއި އަލަށް ގުޅުނު ދެ މެމްބަރަކު އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރަން ނިންމައިފިއެވެ.

މި ދެ ބޭފުޅުން އަމިއްލަ ގޮތުން ވާދަކުރަން ނިންމާފައިވަނީ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީން ޓިކެޓް ކަށަވަރުވެ ކެންޑިޑޭޓުން ނެރެފައި ވަނިކޮށެވެ. އަމިއްލަ ގޮތުން ވާދަކުރަން ނިންމާފައިވާ ދެ ކެންޑިޑޭޓުންނަކީ ރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް އާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ.

އަލަށް ޕީއެންސީއާ ގުޅިވަޑައިގެންނެވި ކުރެންދޫ ދާއިރާގެ މިހާރުގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް ވަނީ އިންތިހާބުގައި ވާދަކުރައްވަން އިއްޔެ ފޯމް ހުށަހަޅުއްވައިފައެވެ.

ޕީއެންސީ އަށް މިހާރު ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން އެ ޕާޓީގެ ކެންޑިޑޭޓުން ނެރެފައިވަނިކޮށް އިންތިހާބުގައި ވާދަކުރައްވާއިރު، ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ބައެއް ކެންޑިޑޭޓުން ވެސް ވަނީ އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައިމާއި ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ހިމެނެ އެވެ.

މަޖިލިސް އިންތިހާބަށް އެންމެ ބޮޑު ޕްރައިމަރީއެއް ބޭއްވީ ޕީޕީއެމް/ޕީއެންސީންނެވެ. އެ ދެ ޕާޓީން އެކުގައި ބޭއްވި ޕްރައިމަރީ އަށް 73 ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރި އެވެ.

އީސީއިން ބުނިގޮތުގައި މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް 381 ފޯމުވަނީ ހުށަހަޅާފައެވެ.

މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް އީސީއިން ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އަންނަ މާޗު މަހުގެ 17 ވަނަ ދުވަސް ހަމަޖައްސާފައި ވީނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން ވަނީ ދާދިފަހުން ފާސްކޮށްފައެވެ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-