ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު އޮތް ޖަޕާނާއި އިނގިރޭސިވިލާތުގެ އިގްތިސާދު ރިސެޝަނަށް ގޮއްސިއެވެ.
ރިސެޝަނަށް ދިޔުމަކީ އުފެއްދުންތެރިކަން ދަށަށް ދިއުމެވެ. އެގޮތުން ރިސެޝަނަށް ދިޔަަ ކަމުގައި ބެލެވޭނީ ޖެހިގެން ދެ ކުއާޓާގައި ގައުމެއްގެ އުފެއްދުންތެރިކަން ދަށަށް ދިއުމުންނެވެ.
ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އިނގިރޭސިވިލާތުގެ އުފެއްދުންތެރިކަން ވަނީ 0.3 ޕަސެންޓަށް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ފަހު ތިން މަހުގެ ތެރެއިން ކޮންމެ މަހަކު އިގްތިސާދު ވަނީ 0.1 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.
އަދި ޖަޕާނުގެ އިގްތިސާދު ވެސް މިދިޔަ އަހަރުގެ ފަހު ދެ ކުއާޓާގައި ވަނީ ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ގައުމުގެ އިގްތިސާދު 2.9 ޕަސެންޓަށް ވެއްޓުނު އިރު ޑިސެމްބަރު މަހު ވަނީ އިގްތިސާދު ކުރިއަރާ މިންވަރު 0.4 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ
27 ޓްރިލިއަން ޑޮލަރުގެ އުފެއްދުންތެރިކަމާއެކު ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުގެ ގޮތުގައި މިވަގުތު އޮތީ އެމެރިކާއެވެ. ދެވަނައިގައި އޮތް ޗައިނާގެ އުފެއްދުންތެރިކަން ހުރީ 17.5 ޓްރިލިއަން ޑޮލަރުގައެވެ.