-Advertisement-

-Advertisement-

ޖޭއެސްސީގެ މެމްބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައްޔަނުކުރައްވައިފި

ޖޭއެސްސީގެ މެމްބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަން ކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ފަތްކޮޅު ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ޖޭއެސްސީގެ މެމްބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަނުކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސުއޫދަށް މަގާމުގެ ފަތްކޮޅު އަރުއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ސްޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ސުއޫދު ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަންކުރެއްވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އާއި ޖޭއެސްސީގެ ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިދިޔަ ސަރުކާރުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި ސުއޫދަކީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަސިޓީގައި ލޯ އިން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަންވެސް ސުއޫދު ވަނީ ކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-