-Advertisement-

-Advertisement-

‎އިސްރަށްވެހިންގެ ފުރަތަމަ އިޖުތިމާއީ މަރުކަޒު މާދާމާ ހުޅުވަނީ

އިސްރަށްވެހިންގެ ފުރަތަމަ އިޖުތިމާއީ މަރުކަޒު މާދަމާ ހުޅުވާ ގޮތަށް ނިންމައިފިއެވެ.

އިސްރަށްވެހިންނަށް މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމަށްޓަކައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިސްރަށްވެހިންގެ އިޖުތިމާއިމަރުކަޒުތަކުގެ ތެރެއިން ފުރަތަމަ މަރުކަޒު ހުޅުއްވައި ދެއްވާނީ ރައީސް ޑރ. މުއިއްޒެވެ. އެ ތަނަށް ނަންދެވިފައިވަނީ  އިސްރަށްވެހިންގެ ނާދީ ގެ ނަމުންނެވެ.

އެ ރަސްމިއްޔާތު މާދަމާ ހަވީރު 16:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އިސްރަށްވެހިންގެ ނާދީ ހަދާފައި ވަނީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ކުރިންހިންގި އިމާރާތުގައެވެ.

އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ގާއިމުކުރަނީ މުޖުތަމައުގައި އިސްރަށްވެހިން އަދާކުރާ ދައުރު ފުޅާކުރުމާއި އިޖުތިމާއީ ކަންކަމުގައިއިސްރަށްވެހިންނަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ބޭނުމުގައެވެ. އަދި އެ މީހުންގެ ނަފްސާނީ، އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށްމަގުފަހިކޮށް ދިނުމަކީ ވެސް މިފަދަ މަރުކަޒުތައް ގާއިމުކުރުމުގެ ބޭނުމެކެވެ.

ސަރުކާރުގެ މެނިފެސްޓޯގައި ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ހިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ގާއިމުކުރުމަށް ހިމަނާފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-