ސްޕެޝަލިސްޓް ޑޮކްޓަރުން އިތުރުކޮށް އިސްލާހީ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުން އިތުރުކުރެވުުން ޑޮކްޓަރަށް ދެއްކުމަށް އިންތިޒާރުކުރަންޖެހޭ ވަގުތު މަދުވެގެންދާނެ ކަމަށާއި އެކަމަށް ބޭނުންވާ އިސްލާހީ ފިޔަވަޅުތައް އަޅަމުން ދާކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ އާންމުންގެ ސުވާލުތަކަށް ކޮންމެ ދުވަހަކުވެސް ޖަވާބު ދެއްވަމުން ގެންދަވާ ސިލްސިލާގެ ތެރެއިން މިއަދު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން އޭނާ ވަނީ ރާއްޖޭގައި ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އޮންނަ ގޮތުން ވަރަށް ބޮޑެތި ބުރަ އުފުލަންޖެހޭކަމަށް ބުނެފައެވެ. ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.
މީގެ އިތުރުން އެޕޮއިންޓްމަންޓް ލިބޭ ދުވަސް ދުރާލައި އެނގޭނެ ގޮތަށް ނިޒާމު ބައްޓަން ކުރަމުން ގެންދަވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
“އެޕޮއިންޓްމަންޓް ހަދާއިރުގައި އެޕޮއިންޓްމަންޓް ލިބޭ ދުވަސް ޔަގީންކަމާއެކީގައި ހަމަޖެހިގެންދާ ގޮތަށް އިރާދަކުރެއްވިއްޔާ ނިޒާމު ބައްޓަން ކުރަމުން މި ދަނީ،” ރައީސް
އަދި ރާއްޖޭގައި ތިބި ސްޕެޝިސްޓުންނަށް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުން ވަޒީފާ ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.