-Advertisement-

-Advertisement-

ކެންޑިޑޭޓުންނަށް މަންދޫބުން އައްޔަން ކުރުމަށް ހުޅުވާލައިފި

މާރޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މަންދޫބުން އައްޔަން ކުރުމުގެ ފުރުސަތު ހުލުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ވަނީ މަޖިލީސް އިންތިހާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމަށް، އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މި މަންދޫބުންނަކީ 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާން ޖެހެއެވެ. އަދި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒުކުރެވެމުންދާ މީހެއް ކަމުގައި ވެގެން ނުވާއިރު އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައިވެސް ވެގެން ނުވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ އިއުލާނުގައި ވެއެވެ.

މީގެ އިތުރުން، ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް އަދި ވެރިއެއް ކަމުގައިނުވުމާއި ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައިވެސް ވެގެން ނުވާނެ ކަމަށާއި، އަދި ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުމާއި، ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައިވެސް ވެގެން ނުވުމާއި، އިންތިހާބީ ކުށެއް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވުންވެސް ހިމެނެއެވެ.

އިލެކްޝަނުން ވިދާޅުވީ މަންދޫބުންނަށް އެ ކޮމިޝަނުން ދޫކުރާނީ ޑިޖިޓަލް ފާހެއް ކަމަށާއި އަދި މަންދޫބުން އެ ކޮމިޝަނުން ކުރިއަށްގެންދާ މައުލޫމާތު ސެޝަން ފުރިހަމަކުރަންޖެހޭނެ ކަމަށެވެ.

މަންދޫބުންނަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ފޯމު ހުށަހެޅުމަށް ފަހު، 3004459 އަށް ގުޅައި މެއިލް އިލެކްޝަނަށް ލިބިފައިވާކަން ކަށަވަރުކުރަންވާނެ ކަމަށްވެސް އެއީދާރާއިން ވިދާޅުވެފައި ވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-