-Advertisement-

-Advertisement-

ފައިސާ ނުލިބިގެން މަސްވެރިންތަކެއް ކޫއްޑޫގައި މުޒާހަރާކުރަނީ

Breaking News 2

މިފްކޯ އަށް ކިރި މަހަށް ފައިސާ ނުދޭ ކަމަށް ބުނެ، ގއ. ކޫއްޑޫގައި ބައެއް މަސްވެރިން މިއަދު މުޒާހަރާ ކުރަމުން އެބަ ދެ އެވެ.

މަސްވެރިންނަށް ދޭންޖެހޭ 190 މިލިޔަން ރުފިޔާ މިފްކޯއިން އަދި ނުދީ އޮތް ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނުން ފެށިގެން މުޒާހަރާ ކުރަނީ މިފްކޯ އަށް ކިރާފައިވާ މަހަށް ފައިސާ ނުދޭތާ ތިން މަސް ވެފައިވެ، ސަރުކާރުން އެކަމަށް ހައްލެއް ވެސް ގެނެސްދީފައި ނުވާތީ ކަމަށެވެ.

މައްސަލަ އަށް ހައްލެއް ލިބި، މަސްވެރިންނަށް ދޫކުރަން ހުރި ފައިސާ ޖަމާވުމުން ނޫނީ މުޒާހަރާ ނުހުއްޓަން ނިންމާފައިވާ ކަމަށް ވެސް އެ މުޒާހަރާގައި ބައިވެރިވާ މަސްވެރިއަކު ބުންޏެވެ.

މުޒާހަރާ ކުރާ މީހުން ވަނީ އެ ރަށުގައި ހުރި މަސް ފެކްޓަރީ އަށް މަސް ކިރަން ދިޔަ 15 ދޯންޏެއް މަސް ކިރުވުން ވެސް ހުއްޓުވައިފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 276 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ސަރުކާރުން މަސްވެރިންނަށް ވަނީ ދޫކޮށްފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-