-Advertisement-

-Advertisement-

އޯއާރުއާރުއޭއޭގެ ބޯޑަށް ޝައުނާ އައްޔަންކޮށްފި

ފޮޓޯ؛ އެޓޯލް ޓައިމްސް

އޯޝަން ރިސްކް އެންޑް ރިސިލިއެންސް އެކްޝަން އެލަޔެންސް (އޯއާރްއާރްއޭއޭ) ގެ ބޯޑުގެ ޑިރެކްޓަރުގެ މަގާމަށް ކުރީގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އައްޔަންކޮށްފިއެވެ.

މި މަޤާމަށް ޝައުނާ މިމަހު 16 ވަނަ ދުވަހުގައި އައްޔަން ކުރައްވާފައިވާއިރު އެ ޖަމިއްޔާއިން ވަނީ އޭނައަށް މަރުހަބާ ދަންނަވާފައެވެ.  އަދި ރައީސް ސޯލިހުގެ ވެރިކަމުގައި ތިމާވެށީގެ ދާއިރާއަށް ޝައުނާ ކުރެއްވި ހިދުމަތް އޯއާރްއާރްއޭއޭއިން ވަނީ ފާހަގަކޮށްފައެވެ.

ޝައުނާ ވަނީ 2021 އިން 2023 އާއި ހަމައަށް ރާއްޖޭގެ މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަގާމު އަދާކުރުމުގެ އިތުރުން، 2018 އިން 2021 އަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމު ވެސް އަދާކުރައްވާފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-