ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޕޯކްސްޕާސަންގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން އައްޔަންކުރައްވައިފިއެވެ.
ޝިފާން މީގެ ކުރިން ހުންނެވީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އައްޑޫ ޕޮލިސް އެކަޑަމީ) ހިންގެވުމާ ހަވާލުވެވަޑައިގެނެވެ.
ޝިފާން އޭގެ ކުރިން ހުންނެވީ ހެޑް އޮފް މާލެ އޭރިއާ 1 ( މާލޭ ސިޓީ ޕޮލިސް) ގެ މަގާމުގައެވެ.
މިހާރު ޝިފާން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕޮލިސް ކޮމިޝަނަރުގެ އޮފީހުގައި އެވެ.
ޝިފާން ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމުވެސް ފުރުއްވާފައިވާފައެވެ.