-Advertisement-

-Advertisement-

‎އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމުގެ ސުންގަޑި މިއަދު ހަމަވާނެ

މާރޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އޮބްޒާވަރުންނާއި، މޮނިޓަރުންނަށް ވުމުގެ ސުންގަޑި މިއަދު ހަމަވާއިރު، އިތުރު ފުރުސަތެއް އެކަމަށް ނުދޭނެ ކަމަށްއިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިންތިހާބު މޮނިޓަކުރުމަށާއި އޮބްޒާވް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ޖެނުއަރީ، 31 އިން ފެށިގެން ހުޅުވާލާފައިވާއިރު، އެ ވަގުތު ހަމަވާނީ މިއަދުމެންދުރުފަހު 15:00ގައި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބުގެ ކަންކަން ހިނގަނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ދެފުށް ފެންނަ ގޮތަށްކަންކަށަވަރުކުރުމުގައި، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-