-Advertisement-

-Advertisement-

‎ޗައިނާ އެހީގެ ފައިދާ ރާއްޖެ އަށް ނެގޭނީ އިންޑިއާގެ ވާދަވެރިކަން އޮވެގެން ކަމަށް އެމެރިކާ އިން ބުނެފި

ރައީސް ޑރ މުއިއްޒު އަދި ރައީސް ޝީ . ފޮޓޯ: ރައީސް އޮފީސް

އެމެރިކާ ހިމެނޭ ގޮތަށް އިންޑިއާ ކަނޑުގެ ބާރު ހޯދަން ދުނިޔޭގެ ބޮޑެތި ބާރުތަކުން މަސައްކަތް ކުރާ އިރު، ޗައިނާ އިން ރާއްޖެ އަށް ދޭ އެހީގެ ހަގީގީ މަންފާހޯދޭނީ، އިންޑިއާގެ ވާދަވެރިކަން ވެސް ދަމަހައްޓައިގެން ކަމަށް އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން‌‏އެފެއާޒް ޑޮނަލްޑް ލޫ ވިދާޅުވެއްޖެ އެވެ.

ލޫ މިހެން ވިދާޅުވީ  ޔުނައިޓެޑް ސްޓޭޓްސް އިންސްޓިޓިއުޓް ފޯ ޕީސް (ޔޫއެސްއައިޕީ) ގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އިންޑޯޕެސިފިކް ގުޅުމާ ބެހޭ ޕެނަލްޑިސްކަޝަނެއްގައިއެވެ.

އެ ބައްދަލުވުމުގައި، ރާއްޖޭގެ ދަރަނީ ހާލަތު ވަރަށް ސީރިއަސް ކަން ފާހަގަކުރައްވައި، ލޫ ވިދާޅުވީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ތެދުވެ، ރާއްޖެ އަށްއެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށެވެ

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވަނީ ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް ދެފަރާތަށް ވެސް ފައިދާވާނެ އިންވެސްޓުމަންޓުތަކެކެވެ.

ލޫ ވިދާޅުވީ ބަލައިލި ކޮންމެ ދިމާއަކުން ރާއްޖޭގައި އިންވެސްޓު ކުރެވެން ހުރި ދާއިރާތައް ފެންނަން އެބަހުރި ކަމަށެވެ.

އިންވެސްޓުމަންޓުތަކުގެ އިތުރުން، އޭނާ ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަކީ އެންމެ ނުރައްކާ ބޮޑު އެއް ގައުމު ކަމަށް ވާތީ އެ ކަމުން ރާއްޖެ ފަދަނާޒުކު ގައުމެއް ސަލާމަތް ކުރުމަށްޓަކައި ތިމާވެށި ރައްކާތެރި ކުރަން ބޮޑެތި ގައުމުތަކުން ވެފައިވާ ވައުދުތައް ފުއްދަން ގޮވާލައްވައިފަ އެވެ.

ސަރަހައްދީ ގައުމުތަކުގެ ވާދަވެރިކަމުގެ ފައިދާ ނެގުމަށް ލޫ ގޮވާލެއްވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ޗައިނާއަށެވެ.

އެ ދަތުރުފުޅުގައި ޗައިނާ އިން އެހީ ހޯދުމުގެ ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވައިފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-