-Advertisement-

-Advertisement-

މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައިގައި 3 މީހަކު ހައްޔަރުކޮށް، ފައިސާތައް ހޯދައިފި

އަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރިގެންފައިވާ މައްސަލައެއްގައި ތުހުމަތުވާ 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ފައިސާތަކުގެ 98 އިންސައްތަ ހޯދާފައިވާ ކަަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ތުހުމަތުވާ މީހުންގެ ތެރޭޭ 18 އަހަރު ނުފުރޭކުއްޖަކު ހިމެނެއެވެ. މި މައްސަލައިގައި މިހާތަނަށް 4 މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 24 އަހަރުގެ ފިހެނަކާ އަންހެނެއްގެ އިތުރުން، 23 އަހަރުގެ ފިރިހެނެކެވެ. އަދި 16 އަހަރުގެ ކުޑަކުއްޖެކެވެ. މި މައްސަލައިގައި ކުޑަކުއްޖާ ނޫން ދެން ތިބި މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ފެންމަތިވި އެ މައްސަލައިގައި ފައިސާ ހޯދާފައިވަނީ ފޯނާއި ބީއެމްއެލް އެޕްގެ ޕާސްވޯޑު އެނގޭ މީހެއް މެދުވެރިވެގެން ކަމަށެވެ.

ރަޝީދު ވިދާޅުވީ ގެއްލުނު ފައިސާގެ 98 ޕަސެންޓް، މައްސަލަ ހުށަހެޅިތާ 48 ގަޑިއިރު ތެރޭ ރިކަވާކޮށްފައިވާ ކަމަށެވެ. އެ ފައިސާއިން ވިޔަފާރިކޮށްފައި ހުރި ތަންތަނާއި ތުހުމަތުކުރެވޭ އެކަކު ދިރިއުޅޭ ގެ ބަލައި ފާސްކޮށްގެން 1.6 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްކޭމްތައް ހިންގަނީ ޖަލުންކަމަށާއި، އެކަމަށް ފިޔަވަޅު ނޭޅޭކަމުގެ ވަހަކަތައް ވަރަށް ބޮޑަށް ދެކެވެމުން އަންނައިރު އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޭމްތައް ހިނގަނީ ޖަލުގެ ތެރޭންކަމަށް ކުރިން ހީވެފައި އޮތް ނަމަވެސް މިހާރު އެކަން ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައިވާކަމަށެވެ. އަދި މި ކޭސްއަކީ ވެސް، މީހެއްގެ ފޯނުގެ މައުލޫމާތުތައް ހޯދައިގެން އެކައުންޓުން ފައިސާ ފޭރިގަތް މައްސަލައެއްކަން އަބްދުﷲ ރަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުތައް އަދިވެސް ކުރިޔަށް ދާކަމަށާއި މައްސަލައިގައި އިތުރު ބައެއްގެ ޝާމިލުވުން އޮވެދާނެކަމަށް ބެލެވެތީ އެކަން ތަހުގީގު ކުރަމުންދާކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-