-Advertisement-

-Advertisement-

ޖާބިރުގެ ބޭންކު އެކައުންޓުތައް ހިފަހައްޓައިފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އެކައުންޓުތައް ބޭންކު މައްސަލައެއްގައި ހިފަހައްޓައިފިއެވެ.

ޖާބިރުގެ އެކައުންޓުތައް ހިފަހައްޓާފައިވަނީ މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ހިއްސާ ގަތުމަށް ވި އެއްބަސްވުމެއްގެ ދަށުން، ރިސޯޓު ވިޔަފާރިވެރިޔާއަށް ޖާބިރު ދައްކަން ޖެހޭ ފައިސާއެއް ނުދީ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައެވެ.

އެގޮތުން އެ އެއްބަސްވުމުގެ ދަށުން ޖާބިރު 750،000 އެމެރިކާ ޑޮލަރު ދައްކަން ޖެހޭކަމަށާއި އެއިން މިހާތަނަށް އަދާކޮށްފައިވަނީ 100،000 އެމެރިކާ ޑޮލަރުކަމަށްވެސް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވެއެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ބާކީ ނުދައްކާ 600،000 އެމެރިކާ ޑޮލަރު ހޯދުމަށެވެ. އަދި އެ މައްސަލަ ކޯޓުން ނިމެންދެން އެ އެކައުންޓުތައް ފުރީޒުކޮށްދޭން މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވެއެވެ.

މިކަމަށް ސިވިލް ކޯޓުން ނެރުނު އަމުރުގައިވަނީ ކޯޓުގައި އޮތް މައްސަލަ ނިމެންދެން ޖާބިރުގެ ނަމުގައިވާ ބޭންކު އެކައުންޓުތަކުގެ އިތުރުން އޭނާގެ މަސްލަހަތު ހިމެނޭ ބައެއް ކުންފުނިތަކާއި ރިސޯޓު ވިޔަފާރިއާ ގުޅޭ އެކައުންޓުތަކެއް ފުރީޒުކުރުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-