-Advertisement-

-Advertisement-

ރައްޔިތުންގެ މަޖިލިސް އިންތިހާބު ލަސް ކުރާ ބިލު ތަސްދީގެއް ނުކުރޭ، އިންތިހާބު މާޗު 17 ގައި!

ރައީސް ޑރ. މުއިއްޒު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރައްޔިތުންގެ މަޖިލީހުން ފޮނުވާފައި އޮއްވައި، އެ ބިލު ތަސްދީގު ނުކުރައްވައި، މަޖިލިސް އިންތިހާބު އޮންނަނީ އަންނަ މާޗު 17، ގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫ ހުޅުމީދުއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އަންނަ މާޗް 17، ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރޯދަ މަސް ނިމޭ ފަހުން މަޖިލިސް އިންތިހާބު ބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުއެވެ.

އޭގެ ފަހުން މިހާރު ހަފްތާއެއްހާ ދުވަސް ފާއިތުވި އިރު މިހާތަނަށް ރައީސް އެ ބިލު ތަސްދީގެއް ނުކުރައްވަ އެވެ. ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރަން ފޮނުވާ ބިލެއް “ރައީސުލްޖުމްހޫރިއްޔާއަށް އެ ބިލު ލިބޭތާ 15 ދުވަހުގެ ތެރޭގައި ބިލު ތަސްދީގު ކުރާން ވާނެ” ކަމަށެވެ. އެ ބިލު ތަސްދީގު ނުކުރައްވައި އެ 15 ދުވަހުގެ ތެރޭގައި އަނބުރާ މަޖިލީހަށް ފޮނުވާލެވިދާނެ ކަމަށް ވެސް އެ މާއްދާގައި ބުނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-