ޔަމަނުގެ ހޫސީ ޖަމާއަތުން ޑްރޯން ބޭނުންކުރަން ފަށައިފިއެވެ.
މި ޖަމާއަތަކީ އިރާންގެ އެހީ ތެރިކަމާއެކު ހަރަކާތްތެރިވާ ޖަމާއަތެކެވެ. އަދި މި ޑްރޯންތަކަކީ ރަތް ކަނޑު ބަލަަހައްޓަށް އެމެރިކާއާ ބައިވެރިން އުފައްދާފައި އޮތް އަސްކަރީ ބާރާ ދެކޮޅަށް ބޭނުންކުރާ ޑްރޯންތަކެކެވެ.
ހޫސީން ބުނި ގޮތުން އެ މީހުންގެ ހަމަލާތައް އަމާޒު ވާނީ އެ އުޅަނދަކުން އިޒުރޭލަށް މުދާ އުފުލައިދޭނަމަ ކަމަށާއި އެ ނޫން ގޮތެއްގައި ރަތް ކަނޑުން ދަތުރުކުރާ އެއްވެސް އުޅަނދަކަށް ގެއްލުމެއް ނުދޭނެ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.
މީގެއިތުރުން ގުޅިފައި އޮތް ބާރުތަކުން ހޫސީންނަށް ހަމަލާދިނުމުން އެކަމަށް ބަދަލުހިފާނެ ކަމަށާއި، މިކަމުގައި އެމެރިކާއާއި ގުޅިފައިވާ އޮތް އޮތް ބާރުތަކަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރަތް ކަނޑު ދޫކޮށް ދިއުން ކަމަށްވެސް ހޫސީން ވަނީ ބުނެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކަނޑުއަޑިން ދުއްވާ ޑްރޯންތަކާއި އާ ވައްތަރުތަކުގެ މިސައިލްތައް ހޫސީން ބޭނުންކުރަން ފެށީ ގުޅިފައި އޮތް ބާރުތަކުން ހޫސީންނަށް ހަމަލާދޭތީއެވެ.
އެމެރިކާެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިންވަނީ ހޫސީން ކަނޑުއަޑީގައި ޑްރޯން ބޭނުންކުރާކަން ޔަގީންކޮށްފައިވާ ކަމަށާއި ހޫސީންގެ ޑްރޯންތަކުން ބޮޑު ގެއްލުމެއް ދިނުމުގެ ކުރިން ނައްތާލާނެ ކަމަށްވެސް ބުނެފައެވެ.
ނަމަވެސް މިކަމަށް ހޫސީން ވަނީ އެމެރިކާއާ ބައިވެރިން ހަމަލާތައް ވަރުގަދަކުރާނަމަ އެ މީހުންވެސް ހަމަލާތައް ވަރުގަދަ ކުރާނެކަމަށް ބުނެފައެވެ.