-Advertisement-

-Advertisement-

އަލްޖީރިއާއިން ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ގަރާރެއްގެ ސަލާމަތީ މަޖިލީހަށް ހުށަހަޅައިފި

އދ. ގެ ސަލާމަތީ މަޖިލިސް

އަލްޖީރިއާއިން ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ގަރާރެއްގެ ޑްރާފްޓެއް ސަލާމަތީ މަޖިލީހަށް ހުށަހަޅައިފިއެވެ.

އަލްޖީރިއާގެ ދައުލަތުގެ ޓީވީން ބުނީ އެ ޑްރާފްޓަށް އދ.ގެ ސަލާމަތީ މަޖިލީހުން އަންގާރަ ދުވަހު ވޯޓަށް އަހާނެ ކަމަށް ނަމަވެސް އެ ޑްރާފްޓާ ދެކޮޅަށް ސަލަމާތީ ކައުންސިލްގައި އެމެރިކާއިން ވީޓޯ ކުރާނެކަން މިހާރުވަނީ އަންގާފައެވެ.

އަލްޖީރިއާއަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރަކަށް ވުމާއެކު އެމެރިކާއިން ގަރާރާ ދެކޮޅަށް ވީޓޯ ކުރުމަކީ މި ގަރާރު ފާސްވުމަށް ދަތިވާނެ ކަމެކެވެ.

އެމެރިކާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ލިންޑާ ތޯމަސް-ގްރީންފީލްޑް އާދީއްތަ ދުވަހު ވަނީ އަލްޖީރިއާގެ ޑްރާފްޓް ގަރާރު “ފާސްނުކުރާނެ” ކަމަށާއި، އެ ޑްރާފްޓް ބަލައިނުގަތުމަށް ވޮޝިންޓަނުން ވީޓޯ ބޭނުން ކޮށްފާނެ ކަމުގެ އިޝާރާތެއް ދީފައެވެ.

އިޒްރޭލުން މިވަގުތު އަމާޒު ހިފާފައި ވަނީ ޣައްޒާ އެކީއެކަށް ހުސްކޮށްލުމަށް ކަމަށް ވާއިރު، ޣައްޒާގެ އިތުރުގައި އާބާދުވުމަށް ޕްލޭންތަކެއްވެސް ވަނީ ކޮށްފައެވެ. އެގޮތުން ގެދޮރާއި ތަފާތު އެހެނިހެން ހިދުމަތްތައް ލިބޭނެ މަރުކަރުތަކާއި ކުޅިވަރާއި މަޖަލުގެ މައިދާންތައް ހަދާނެ ގޮތުގެ ޕްލޭންތައް ކޮށްފައި ވާ އިރު، ޣައްޒާގެގެ އުތުރުގައި ދިރިއުޅެން ދާން ބޭނުންވާ ޔަހޫދީންނަށް އަމާޒު ކޮށް ބޮޑު ކޮންފަރެންސެއްވެސް އިޒްރޭލުގައި ވަނީ ބާއްވާފައެވެ.

މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުޖުތަމައުން ދެކޮޅު ހަދާ ކަމެއް ނަމަވެސް އިޒްރޭލުން އެކަމަކާ އަޅައެއް ނުލައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-