-Advertisement-

-Advertisement-

ބްރެޒިލްގެ ރައީސް އިޒްރޭލަށް އެރުން މަނާކޮށްފި

ހަމާސް ޖަމާއަތް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކަކީ ޔޫރަޕްގެ ޔަހޫދީން ނައްތާލަން ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހިންގި [ހޮލޮކާސްޓް] ފަދަ ގަތުލްއާންމެއްގެ ގޮތުގައި ބްރެޒިލްގެ ރައީސް ލުއީ އިނާސިއޯ ލޫލަ ޑަ ސިލްވާ ސިފަކުރެއްވުމުން އޭނާ އިޒްރޭލަށް އެރުން މަނާކޮށްފި އެވެ.

އިޒްރޭލުން ޣައްޒާގައި ކުރަނީ ހަނގުރާމައެއް ނޫން ކަމަށާއި އެއީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމaށް ބްރެޒިލްގެ ރައީސް އާދީއްތަ ދުވަހު ވިދާޅުވެފައިވެއެވެ. އަދި މިއީ ޖަރުމަނުގެ އެޑޮލްފް ހިޓްލަރު ޔަހޫދީންގެ ނަސްލު ނައްތާލަން ހިންގި އަމަލު ފަދަ ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

މި ވާހަކަޔާ މެދު ނުރުހި އިޒްރޭލުން ވަނީ ބްރެޒިލްގެ ސަފީރު، އިޒްރޭލުގެ ފޮރިން މިނިސްޓަރު އިޒްރާއިލް ކަޒްގެ އޮފީހަށް ހާޒިރުކޮށްފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވެސް ވަނީ ލުލާ ރަތް ރޮނގު ހުރަސްކޮށްފި ކަމަށް ބުނެފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-