-Advertisement-

-Advertisement-

ޣައްޒާގެ އެންމެ ބޮޑު އެއް ހޮސްޕިޓަލުން ހިދުމަތް މެދު ކެނޑިއްޖެ

ފޮޓޯ: ބީބީސީ

ފަލަސްތީނުގެ ޣައްޒާގެ ދެވަނައަށް އެންމެ ބޮޑު ހޮސްޕިޓަލު ކަމުގައިވާ އައްނާޞިރު ހޮސްޕިޓަލުން އެއްކޮށް ހިދުމަތް ކެނޑިފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ނާސިރު ހޮސްޕިޓަލުގައި މިހާރު ބަލިމީހުންނަށް އެހީތެރިވާން ތިބީ އެންމެ 4 ސިއްހީ އެހީތެރިން ކަމަށް ތަރުޖަމާނު އަޝްރަފް އަލް ގުދުރާ ވަނީ ވިދާޅުވެފައެވެ.

ނާސިރު ހޮސްޕިޓަލަކީ ޣައްޒާގެ ސިއްހީ ފަރުވާގެ މައި ތަނބު ކަމަށާއި އެ ހޮސްޕިޓަލުން ހިދުމަތް ކެނޑުމަކީ ގެދޮރު ގެއްލި މަގުމަތިވެފައި ޚާން ޔޫނިސް އަދި ރަފަހް ގައި ތިބި އެތައް ސަތޭކަ ހާސް މީހުންނަށް ދެވުނު މަރުގެ އަދަބެއް ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ހަފްތާއެއް ވަންދެން އިސްރާއީލު ސިފައިން ހޮސްޕިޓަލު ހިސޯރު ކޮށްގެން އުޅުމަށްފަހު މިހާރު ކުރިއަށް ގެންދާ ރެއިޑް ތަކުގެ ސަބަބުން ހޮސްޕިޓަލުން ހިދުމަތް ދިނުން ހުއްޓިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ވެސް ވަނީ ވިދާޅުވެފައެވެ.

ސިއްހީ ރިފަރެލް އަކީ ކޮންމެ ބަލިމީހެއްގެ ހައްގެއް ކަމަށާއި އެކަމަށް އަންނަ ލަސްކަމުގެ އަގު އަދާކުރަން ޖެހޭނީ ބަލިމީހުންގެ ފުރާނައިން ކަމަށްވެސް ޓެޑްރޯސް ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-