-Advertisement-

-Advertisement-

ކަސްޓަމްސް އިން މުދާ ނެރުމަށް ފަސޭހަ އަދި އަވަސް އިންތިޒާމުތަކެއް!

މޯލްޑިވްސް ކަސްޓަމްސް ސާވިސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ގެންނަ މުދާ ފަސޭހައިން އަވަހަށް ނެރެވޭނެ އިންތިޒާމުތަކެއް އެ ސާވިސްއިން ހަމަޖައްޖައިފިއެވެ.

ހިދުމަތް އަވަސްކުރުމަށް ތައާރަފުކުރި ހިދުމަތްތަކާ ގުޅޭ މައުލޫމާތު މިއަދު ނޫސްވެރިންނާ ހިއްސާކޮށްފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ، އޮންލައިން ކޭޝް ޑިކްލެރޭޝަނާއި އެޑްވާންސް އީ އެޖެންސީ ހުއްދަ އާއި ވިޔަފާރިވެރިންނަށް ތަފާސްހިސާބު އޮންލައިންކޮށް ބެލޭނެ ގޮތް އަދި ކުރިއާ ކާގޯ މެނޭޖްމެންޓް ސިސްޓަމެވެ.

ކޭޝް ޑިކްލަރޭޝަންގެ ހިދުމަތް އޮންލައިންވެގެން ދިއުމުން، ދުރާލައި ކަސްޓަމަރުންނަށް ކޭޝް ޑިކްލަރޭޝަން ހުށަހެޅޭނެއެވެ. އަދި އެކަމުގައި ކުރިން އަމަލުކުރަމުންގެންދިޔަ ގޮތަށް ދުރާލައި ކޮންމެހެން ފުރަން އެއާޕޯޓަށް ގޮސްފައި އެކަން ކުރަން ނުޖެހޭނެއެވެ.

“ކޮރިއާ ކާގޯ ސިސްޓަމް”ގެ ސަބަބުން ޕެކޭޖެއް ނުވަތަ ޕާރުސަލްގެ ސްޓޭޓަސް އަޕްޑޭޓް ވަގުތުން ބަލައިލެވޭނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

“އޭގެ އިތުރުން ކަސްޓަމްސްއަށް ގުޅަން ނުވަތަ ދާން ނުޖެހުމުން، އޮންލައިންކޮށް މުދާ ގެންނަ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ،” ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ހަފުލާގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކަސްޓަމްސްގެ ސުޕްރިންޓެންޑަންޓް މުހައްމަދު އަފްޒަލް ވިދާޅުވިއެވެ.

އޭގެ އިތުރުން ކަސްޓަމްސްގެ ތަފާތުހިސާބު އޮންލައިންކޮށް ބޭނުން އިރަކު، ބޭނުން ސަރަހައްދެއްގައި ހުރެގެން އެ ހިސާބުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައި، އެކަން ވަނީ ތައާރަފުކޮށްފައެވެ.

އަފްޒަލް ވިދާޅުވީ އެ ޕްރޮގްރާމުތައް ތައާރަފުކުރުމުގެ މަގުދަސަކީ ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަރުވައި އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި، ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-