ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު މިދިޔައީ ފަސޭހަގޮތަކަށް ނޫން ކަމަށާއި މިއީ ހީކުރެވުނު ގޮތެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ މިހާރު ކުރައްވަމުންގެންދަވާ ދަތުރު ފުޅުގައި ފުވަމުއްލަކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ވެރިކަމަށް ވަޑައިގެންނެވިއިރު ޕީޕީއެމް-ޕީއެންސީއަށް ނިސްބަތްވާ ވަރަށް މަދު މެންބަރުން މަޖިލީހުގައި ތިބުމާ އެކު ފަސޭހަވާނެ ކަމަށް އެ މަނިކުފާނު އުންމީދު ނުކުރެއްވި ނަމަވެސް ރައީސް ވިދާޅުވީ އެ މަނިކުފާނާ ދެކޮޅަށް ވެރިކަމުގެ މިހާ ކުރީކޮޅު ކަންކަން މި ދިޔައީ “މިއީ ދުނިޔޭގެ އެއްވެސް ތާކު ކަންކަން ދާ ގޮތަކަށް ނޫން” ކަމަށެވެ.
ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރި ރާއްޖޭގެ ރައީސްކަމުގެ ޒިންމާ އަދާކުރުމަށް މަޖިލީހުގެ މެޖޯރިޓީ ކޮންމެހެން މުހިންމުކަން ވަރަށް ބޮޑަށް އެ މަނިކުފާނުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ
“މިދިޔަ 14 ހަފްތާ ތެރޭގައި މަޖިލިސް ތެރެއިން އެއްވެސް އަސާސާސެއް ނެތި އެ ކުރިމަތިކުރަމުންދިޔަ ކަންކަމުގެ ސަބަބުން އެބަ ވިސްނިވަޑައިގަންނަވަން ޖެހޭ އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ކަންކަން ކުރަން ޖެހޭ ގޮތް،” ރައީސް ވިދާޅުވި އެވެ
މަޖިލިސް ތެރެއިން އިދިކޮޅު މެންބަރުން އެއްވެސް އަސާސެއް ނެތި އެ ކުރިމަތިކުރަމުންދިޔަ ކަންކަމަކީ، ސަރުކާރުން “ކުރަން ޖެހޭ ކަންކަން ނުކޮށް، ފަރުވާކުޑަކޮށް އެއްވެސް ކަހަލަ ޕާފޯމަންސެއް ނެތި ދިޔަނަމަ މައްސަލައެއް ނެތް ކަމަށް” ރައީސް ވިދާޅުވި އެވެ
މި ވެރިކަމުގެ ކުރީކޮޅު ރައީސްގެ މަގާމުން ވަކިކުރަން ފަސޭހަ ކުރުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން މަޖިލިސް ގަވައިދަށް އިސްލާހުތަކެއް ގެނަ އެވެ. އެއާއެކު އެމްޑީޕީގެ 12 މެންބަރަކު ޕީއެންސީއަށް ސޮއި ވެސް ކުރި އެވެ. ގަވައިދަށް ގެނައި އިސްލާހަށް އަމަލުކުރުން ހުއްޓުވި ނަމަވެސް، މިއަދުގެ މަޖިލީހުން ވަނީ އެ އިސްލާހުތައް އެހެން މާއްދާއެއްގައި ހިމަނައި އަލުން މިއަދު ފާސްކޮށްފަ އެވެ.