ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި ސަބަބު ފިޝަރީޒް މިނިސްޓްރީއަށް އަދިނޭނގޭ ކަމަށް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި
މަސްދޯނިތަކަށް ސިފައިން އެރުމަކީ ކީއްވެ ހިނގި ކަމެއްތޯ ސަރުކާރަށް ސާފުވެފައިވޭތޯ އަދި މަސްވެރިންނަށް އެކަން ސާފުކޮށްދީފައިވޭތޯ މެންބަރު އިމްތިޔާޒުސުވާލު ކުރެއްވި އެވެ.
ރާއްޖޭގެ އުތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ދިވެހި ތިން މަސްދޯންޏަކަށް އިންޑިއާ ސިފައިން އެރީ ޖެނުއަރީ 31 ވަނަ ދުވަހުއެވެ. އިންޑިއާ ސިފައިން އެ ދުވަހު އެރީ “އަސުރުމާ 3″ ދޯންޏާއި “ނިރު 7″ އަދި “މާހޯރަ 3″ ދޯންޏަށެވެ.