-Advertisement-

-Advertisement-

އެމްއޭސީއެލްއިން “ޓޭކް އޮފް 2024” ފޯރަމް ފަށައިފި

ފޮޓޯ؛އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން “ޓޭކް އޮފް” ގެ ނަމުގައި ފޯރަމެއް ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތައް ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ފޯރަމުގެ މަގުސަދަކީ އެކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް އެއް މިސްރާބަކަށް ގެންދިއުމަށާއި އަދި މި އަހަރަށް ކަޑައަޅާފައިވާ ލަޑުދަނޑިތައް ހިއްސާކޮށް އެކަންކަން ހާސިލުކުރުމަށް އެކުގައި މަސައްކަތް ކުރުން ކަމަށް އެމްއޭސީއެލްގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.

މިއީ އެމްއޭސީއެލްގެ ހިންގުން ހަރުދަނާކޮށް، އަހަރުގެ މަސައްކަތްތައް އެކުލަވާލުމަށް ބޭއްވި އެފަދަ ފުރަތަމަ ފޯރަމެވެ. އެފަދަ އިތުރު ފޯރަމެއް އަހަރު ނިންމަންވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ފޯރަމް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝަރީފު ވިދާޅުވީ،

ފޮޓޯ؛ އެމްއޭސީއެލް

ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ދާއިރާއަކީ ވަރަށް އަވަހަށް ބަދަލުތައް އަންނަ ދާއިރާއެއް ކަމަށާއި އެމްއޭސީއެލްގެ އިސްވެރިން އެ ބަދަލުތަކަށް އަހުލުވެރިވެ ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-