-Advertisement-

-Advertisement-

މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި ޣައްސާން ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި

ފޮޓޯ؛ އަވަްސް އެމްވީ

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ރާއްޖޭގެ ތިން މަސް ދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން އެރި މައްސަލާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ހާޒިރުކުރަން ނިންމި 241 ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މިއަދު ހެނދުނަށް އެޖެންޑާކުރި 241 ކޮމިޓީއަށް މި މައްސަލައިގައި ޑިފެންސް މިނިސްޓްރީން ވަނީ ސިޓީއެއް ވެސް ފޮނުވައިފަ އެވެ. ކޮމިޓީން ނިންމާފައިވަނީ އެ ސިޓީއާއި އެ ބައްދަލުވުން ސިއްރުކުރުމަށެވެ.

ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ، އދ. މަހިބަދޫ ‘އަސުރުމާ 3’ ނަމަކަށް ކިޔާ ބޯޓަކަށް އިންޑިއާ ކަނޑުގެ ސިފައިން ހަތިޔާރާ އެކު އެރި ކަމުގެ ރިޕޯޓުން އެ ދޯނިން ކުރި އެވެ. އޭގެ ފަހުން ‘މޮހޮރާ 3’ އަދި ‘ނިރު 7’ ނަމަކަށް ކިޔާ ދެ ދޯންޏަކަށް ވެސް އިންޑިއާ ސިފައިން އެރި މައްސަލަ ވަނީ ފެންމަތި ވެފައިއެވެ.

ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި އިންޑިއާ ކަނގެ ސިފައިން އަރާފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށް ޑިފެންސްގެ ބަޔާނުގައި ބުންޏެވެ.

އެހެންކަމުން، އިންޑިއާ ސިފައިން ހިންގި އެ އޮޕަރޭޝަންގެ ތަފްސީލް ހޯދުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ދަންނަވާފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީގެ ފަރާތުން މީގެ ކުރިން މައުލޫމާތު ލިބިފައިވެއެވެ. މި މައްސަލައިގައި ޣައްސާން މަޖިލިސް ތަޅުމަށް ހާޒިރުކޮށް ސުވާލުކުރަން ވެސް ވަނީ މެންބަރަކު ހުށަހަޅުއްވައިފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-