-Advertisement-

-Advertisement-

‎މާވަރުލާއި ގައްދޫ އެއްގަމުން ގުޅާލާނަން: ރައީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސްއޮފީސް

ގދ. މާވަރުލު އެއާޕޯޓު އިތުރަށް ތަރައްޤީކޮށް އެ އެއާޕޯޓާއި ގދ. ގައްދޫއާ އެއްގަމުން ގުޅާލާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވިދާޅުވެއްޖެ އެވެ.

ގދ. ގައްދޫއަށް މިއަދު ހެނދުނު ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ގައްދޫގެ ތަރައްގީއަށް ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި ގައްދޫގެ ތަރައްގީއާގުޅިފައިވާ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ބިން ހިއްކުމުގެ މަޝްރޫއު ފާހަގަކުރައްވައި މިސަރުކާރުން އެކަން ކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި އަދި ރަށުގެ ތަރައްގީއަށް ކުރިއަށްގެންދާ މަސައްކަތްތައް ކުރުމުގައިރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވައި ގައުމު ތަރައްގީކޮށް ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތްތައް ކުރަމުންދާ ކަމުގައި ވިދާޅުވެފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-