ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އާދިއްތަ ދުވަހު ހުޅުވާލަން އިނާމު ދިނުމުގެ އުސޫލު ގެޒެޓުގައި ޝާއިއުކުރަން ގައުމީ އިނާމާބެހޭ ކޮމިޓީއިން ނިންމައިފިއެވެ.
މި އިނާނަކީ 35 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމުގެ އިތުރުން އެ މުއައްސަސާއެއް ކުރިއެރުވުމަށް މަސައްކަތް ކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލް ޖުމުހުރިއްޔާ ދެއްވައި ޝަރަފުވެރި އިނާމެކެވެ.
މި އިނާމަށް ނަން ހުށަހެޅުމަށް ރައީސް އޮފީހުގެ ‘ފޯމު ހުށަހެޅުން‘ ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރަންޖެހެއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވާގޮތުން މި އިނާމު ލިބޭނީ ސަރުކާރުގެ ކުންފުންޏަކުން ނުވަަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި ނުވަތަ ހިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ ކުންފުންޏަކުން ނުވަތަ އެހެން މީހަކު ނުވަތަ އެ މީހަކު އަމިއްލައަށް އިނާމަށް އެދި ނަން ހުށަހެޅުމުންނެވެ.
މި އިނާމުގެ ގޮތުގައި ލިބޭނީ އައްޑަނައަކާއި، ޝަރަފުވެރި ބެޖެއްގެ އިތުރުން ހަދާނީ ލިޔުމެކެވެ.