ސަރުކާރު ހިއްސާވާ 12 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފައިވާ ކަމަށް ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ބުނެފިއެވެ
އެގޮތުން ގެނެސްފައިވާ ބަދަލު ތަކުގެ ތެރޭގައި ހިމެނެނީ:.
- ފެނަކައިގެ ޗެއާމަނަކަށް އަހުމަދު ޝަހީރު،
- ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ނާއިފް
- ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެމްބަރު ކަމުން އަހުމަދު އާތިފް ވަކިކޮށް، އެ މަގާމަށް މުހައްމަދު ސައީދު
- އެޗްޑީސީގެ ޗެއާމަނަކަށް އަހުމަދު ޡުހޫރު
- އެސްޓީއޯގެ މެމްބަރު ކަމަށް ރީޝާ އަބްދުލްމުންއިމް
- ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑްގެ މެމްބަރު ކަމުން އަބްދުﷲ އަބްދުއްރަހީމް ވަކިކޮށް، އެމަގާމަށް ފާތިމަތު ފަޟީލާ
- އައިލޭންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަލީ ސަލީމް
- ރީޖަނަލް އެއާޕޯޓްސްގެ މެމްބަރު ކަމަށް އިބްރާހިމް ޝާހިދު
- އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންޑް ޑިރެކްޓަރަކަށް ހަސަން މުޣުނީ
- މޯލްޑިވްސް އިންޓަގްރޭޓެޑް ޓުވަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ނިޝްވާން އައްބާސް
- ހައްޖު ކޯޕަރޭޝަންގެ ޗެއާމަނަކަށް އަބްދުﷲ ނަޞީރުގެ އިތުރުން އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަނަކަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު އުމަރުމަނިކު