-Advertisement-

-Advertisement-

‎ޕެނަޑޯލް ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި

ސިއްހީ ވުޒާރާގެ އޮފީސް

ޕެނަޑޯލް 500ގ ގުޅަ ބޭހަށް ދިމާވި މައްސަލަ އާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި، އެ ބޭސް ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑްޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އިން އަލުން ދީފިއެވެ.

އެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ މި ބޭސް ގުޅަތައް ޓެސްޓުކޮށް ބެލުމުން ބޭހުގައި ހުންނަން ޖެހޭ ވަރަށް ބޭހުގެ ބާރުހުރިކަން ދެނެގަނެވިފައިވާކަމަށާއި، އަދި މި ކުރިން މައްސަލަ ދިމާވި މި ބޭހުގެ ބެޗު މިހާރު ރާއްޖޭގައި ނެތްކަމަށެވެ.

އެމްއެފްޑީއޭއިން މީގެ ކުރިން ބުނެފައިވަނީ  ޕެނަޑޯލުން ފާހަވި މައްސަލައަކީ ބޭހުގެ ޕެނަޑޯލްގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅުންނެއްޓިފައިވުމެވެ.

އަދި މިހެން ދިމާވަނީ ބޭސް އުފުލާގެންގުޅުމާއި ގުދަންކުރުމުގައި ފުރިހަމަ ކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރެވުމުން ކަމަށް އެ އެމްއެފްޑީއޭ އިން ވަނީބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-