ކ.މާފުށި އެކްޓިވް ވޯޓާރ ސްޕޯރޓްސް އޭރިއާ ދިމާ ނެރުމަތީގައި މީހަކު ގެންބިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު ހެންދުނު 10:25 ރިޕޯރޓް ކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެމީހާ ސަލާމަތްކޮށް މާފުށީ ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައިއެވެ.
ފުލުހުން ދަނީ މިކަން ތަގުގީގް ކުރުމުންނެވެ.