އީ ސިނގިރޭޓު އަދި ވޭޕްގެ އެއްވެސް ބާވަތެއް އިންޑިއާއަށް އެތެރެކުރުމާއި ބޭރުކުރުން މަނާކޮށްފައިވާ ކަމަށް އިންޑިއާގެ ދަތުރުފަތުރާ ބެހޭ އިދާރާއިން އާންމުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މޯލްޑިވިއަނުން ކުރި އެކްސް ޕޯސްޓެއްގައެވެ. މީގެއިތުރުން (އެޗްޕީއޭ) އިން ވަނީ ވޭޕާއި ޝީޝާ އަކީވެސް ދުންފަތުގެ ބާވަތެއް ކަމަށާއި އިސްތިހާރުކޮށް ޕްރޮމޯޓްކުރުމަކީ ގާނޫނީ ކުށެއް ކަމަށް ބުނެފައެވެ.
ދުންފަތުގެ ބާވަތްތައް ތަފާތު ގޮތްގޮތަށް ވަކިން ހާއްސަކޮށް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި އިޝްތިހާރު ކުރަމުންދާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ބައެއް އިސްތިހާރު ދުންފަތުގެ ބާވަތްތަކުގައި ދުންފަތް ނުހިމެނޭ ކަމަށާއި ދުންފަތުގެ އެއް ބާވަތެއް އަނެއް ބާވަތަށްވުރެ ރައްކާތެރިކަމާ އޭގެން ލިބޭ ސިއްހީ ގެއްލުން ކުޑަކަން ނުވަތަ ގެއްލުމެއް ނުވާކަމަށް ބުނާ ހަގީގަތާ ހިލާފު މައުލޫމާތުވެސް ހިމަނާފައިވާ ކަމަށެވެ.
އިންޑިއާގެ އިތުރުން އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ވޭޕް ބޭނުންކުރުން އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ މަނާކޮށްފައެވެ. އެގޮތުން ސަރުކާރުން ބުނީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ވޭޕްސް (3000 ޕަފްސް ނެގޭކަހަލަ ވޭޕް) ބޭނުންނުކުރެވޭ ގޮތަށް މަނާކުރަން ނިންމީ އެ ގައުމުގެ ގިނަ ޒުވާނުނެއް މި ވަބާގައި ޖެހި، ވޭޕް ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދުމުގެ މަގްސަދުގައި ކަމަށެވެ.
އަދި އޮސްޓްރޭލިއާއިންވެސް ވަނީ ޒުވާން އުމުރުފުރާގެ ކުދިންނާއި ސްކޫލް މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައި ވޭޕް ކުރުމާއި އީ ސިނގިރޭޓް ބޭނުން ކުރުން ކޮށްޓްރޯލް ކުރުމަށް، އެ ތަކެތި އެގައުމަށް އެތެރެ ކުރުމާއި އުފެއްދުން މަނާކުރަން ނިންމާފައެވެ.