ދެ ލޯންޗް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގި ކަމުގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 7:48 ގައި ކަމަށާއި ވިލިމާލެ ވޯޓާ ސްޕޯޓްސް ސަރަހައްދާ ދިމާލުން ކަނޑުގައި ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހުންނަށް މިހާރު ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެއީ ދިވެހި ދެ ފިރިނެހުން ކަމަށެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދުގައި މިހާރު މެރިން ޕޮލިސް ހަރަކާތްތެރިވަމުންދާ ކަމަށާއި މި މައްސަލަ އަދި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.