-Advertisement-

-Advertisement-

ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް “ހިޔާވަހި”ގެ ނަމުގައި ޕޯޓަލްއެއް

ހިޔާވަހި ޕޯޓަލް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން /ފޮޓޯ: ހައުސިން މިނިސްޓަރީ

ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް “ހިޔާވެހި ޕޯޓަލް” ގެ ނަމުގައި ޕޯޓަލްއެއް ހަދައިފިއެވެ.

މީރުމާގެ ހޯލުގައި ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި، “ހިޔާވަހި”ގެ ނަމުގައި ފަރުމާކޮށްފައިވާ އެ ޕޯޓަލް އިފުތިތާހުކޮށްދެއްވީ ޖެންޑާ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

މި ޕޯޓަލަކީ ސަރުކާރުގެ ބޯހިޔާވަހިކަމާ ގުޅުންހުރި ހުރިހާ ކަންކަމަށް އޮންލައިންކޮށް ހުށަހެޅުމަށް ފަރުމާކުރެވިފައިވާ ޕޯޓަލްއެކެވެ. މި ޕޯޓަލް މެދުވެރިކޮށް ހައުސިން ޕްރޮފައިލް ފުރިހަމަކުރުމާއި، ހައުސިން ސްކީމްތަކަށް ހުށަހެޅުމާއި، ބޯހިޔާވަހިކަމުގެ ލޯނުތަކަށް ހުށަހެޅުމުގެ އިތުރުން ބޯހިޔާވަހިކަމާއި ގުޅުންހުރި ޝަކުވާ ވެސް ހުށަހެޅޭނެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ މީހުން ދެނެގަތުމާއި ރަޖިސްޓްރީކުރުމާއި އެ މީހުންގެ މައުލޫމާތު ރައްކާކުރުމުގެ އިތުރުން ހައުސިންއާ ގުޅޭ ‘ހައުސިން ނީޑްސް އެސެސްމަންޓް’ ކައުންސިލްތަކާ ގުޅިގެން ހެދުމުގެ މަސައްކަތް އެ ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ.

މި ބޯހިޔާވަހިކަމުގެ ޕޯޓަލް އަކީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމެނިފައިވާ ރައީސްގެ ވައުދުފުޅެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-