ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ހަތަރު އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރެއްވުމަށް ހަމަޖެހިފަައިވާ މި ދަތުރުފުޅުގައި އެ މަނިކުފާނު ވަޑައިގަންނަވާނީ ހއ، ހދ، ށ އަދި ނއަތޮޅުގެ ބައެއް ރަށްތަކަށެވެ. މިއަދު ފުރަތަމަ ވަޑައިގަންނަވާނީ ހއ. ހޯރަފުއްޓަށެވެ.
ހޯރަފުށީގެ އިތުރުން ހއ. އަތޮޅުން ދެން އެ މަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތުރާކުނު، އިހަވަންދޫ، ދިއްދޫ، ވަށަފަރު، ކެލާ އަދި ބާރަށަށެވެ.
ހދ. އަތޮޅުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ، ނޮޅިވަރަންފަރު، ނެއްލައިދޫ އަދި މަކުނުދޫ އަދި ކުޅުދުއްފުއްޓަށެވެ. ށ. އަތޮޅުން ވަޑައިގަންނަވަނީކަނޑިތީމު، މިލަންދޫ، ކޮމަންޑޫ އަދި ފުނަދުއަށެވެ. އަދި ނ. އަތޮޅުން ކެނދިކުޅުދޫ، މިލަދޫ، ހޮޅުދޫ އަދި މަނަދު އަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
ރައީސްގެ މި ދަތުފުޅުގައި އެކި ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.