-Advertisement-

-Advertisement-

މި އަހަރު ތެރޭގައި ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރާނެ: ސައީދު

ފޮޓޯ: އެޑިޝަން އެމްވީ

މި އަހަރުގެ ތެރޭގައި ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހއ.ހޯރަފުށްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭނެ ޖާގައެއް ނެތް ކަމަށާއި އެހެންކަމުން ވަރަށް އަވަހަށް ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރަން ރައީސް ބޭނުންފުޅުވާ ކަމަށެވެ.

ސައީދު ވިދާޅުވީ، އެ ބޭންކުން ރައްޔިތުންގެ ތަރައްގީއަށް ފައިސާ ދިނުމަށް މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ، ހައުސިން ފައިނޭންސިންއަށްވެސް ލުއި ގޮތްތަކެއް ހަމަޖެހޭނެ ކަމަށާއި އެ މަސައްކަތްވެސް ބާރަށް ކުރަމުން އަންނަ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-