އިސްލާމީ މަރުކަޒުން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ
ހުއްދަނެތް ތަނަކަށް ވަނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަހުމަދު ނިއުޝަމް (34އ) އެވެ
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހާފައިވާއިރު ކޯޓު އަމުރުގައި ބުނެފައިވަނީ އިސްލާމިކް މަރުކަޒުގައި ތަޅުލާފައި ހުންނަ ގުދަނެއްގެ ތެރެއަށް ފާރުމަތިން އަރައިގެން މީހަކު ވަދެ އުޅޭ ކަމަށާއި އެ މީހާ އެތަނުގެ ސެކިއުރިޓީން ހިފަހައްޓާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުން އެތަނަށް ދިޔައިރު އެތަނުގައި ހިފަހައްޓާފައިހުރީ އަހުމަދު ނިއުޝަމް ކަމަށް ހާދިސާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.