ހުޅުމާލޭގެ ފޭސް ދޭއްގައި ފަހިދިރިއުޅުން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީ ކުރަމުން އަންނަ ޓަވަރުތަކުގެ ތެރެއިން 4 ޓަވަރެއްގައި ލިފްޓު ހަރުކުރަން ފަށައިފިއެވެ.
(އެފްޑީސީ) އިން ބުނީ އެއީ އެންމެ ފުރަތަމަ ނިންމާ ޓަވަރުތައް ކަމަށާއި، މި މަސައްކަތް ނިމުމާއެކު އިމާރާތްތަކުގެ ވަށައިގެންވާ ސަރަހައްދު ސާފުކުރާނެ ކަމަށެވެ.
މީގެއިތުރުން މި މަސް ނިމޭއިރު އެ ހަތަރު ޓަވަރުގެ 512 އެޕާޓްމެންޓްގެ މަސައްކަތް އެއްކޮށް ނިންމާނެ ކަމަށާއި، މި އިމާރާތްކުރާ ޓަވަރުތަކުގެ ތެރެއިން1200 އެޕާޓްމެންޓު ހުންނާނެކަމަށެވެ.
މި ޓަވަރުތައް އެފްޑީސީން އިމާރާތްކުރަން ހަވާލުކޮށްފައި ވަނީ ޖޭއެމްސީ އަދި އެންބީސީސީއާ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދައިގެން އިމާރާތްކުރާ ފްލެޓުތަކެކެވެ.