ހއ. ދިއްދޫގައި އެއާޕޯޓަކާއެކު އެރަށުގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ވެސް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ދިއްދޫގައި އެއާޕޯޓެއް އެޅިދާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެރަށުގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެކަމަށެވެ.
އަދި ރައީސް ވިދާޅުވީ އެމަނިކުފާނު ވިދާޅުވީ ދިއްދޫ އެއާޕޯޓާ އެކު އެ ރަށުން ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށް ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އަޅުއްވައިދެއްވާނެ ކަމަށެވެ. އެ ހޮސްޕިޓަލަކީ ހއ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ފައިދާވާނެ ގޮތަށް އެޅިގެންދާނެ ހޮސްޕިޓަލަކަށް ވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
މީގެއިތުރުން އެރަށަގު ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށްޓަކައި އެރަށުގެ ބިން ހިއްކައިދީ ސަރުކާރުން އެންމެ އަވަހަށް ފަށާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެއް ދިއްދޫގައި ކުރިއަށް ގެންދާނެ ކަމަށެވެ.
ނަމަވެސް ރައީސް ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާ މަޝްރޫތައް ހިންގުމަށް ބަޖެޓު ލިބޭ ވަރަކުން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.