-Advertisement-

-Advertisement-

އެމްޑީޕީގެ މަޖިލިސް ކެމްޕޭން ‘މިސްރާބު ހަމަމަގަށް’ މާދަމާ ރޭ ފަށަނީ

އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއްގެ ތެރެއިން – ފޮޓޯ: އެޑިޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން ލޯންޗް ކުރުމަށް ބާއްވާ ޖަލްސާ ‘މިސްރާބު ހަމަމަގަށް’ މާދަމާރޭ ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގައި އާޓިފިޝަލް ބީޗު ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީއިން ވަނީ 89 ދާއިރާއަށް ވާދަކުރުމަށް ނިންމާފައެވެ. އެ ޕާޓީން ފުވައްމުލަކު އުތުރު ދާއިރާ، ތ. ގުރައިދޫ ދާއިރާ، ފެލިދޫ ދާއިރާ އަދި ނިލަންދޫ ދާއިރާއަށް ވާދަނުކުރަން ނިންމާފައިވާއިރު އެ ދާއިރާތަކަށް ވާދަނުކުރާ ސަބަބު އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.

މީގެއިތުރުން އަންނަ މަހު ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 381 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު ގާނޫނުގައި މިހާރު ބަޔާންކޮށްފައި ވާގޮތުން 5000 މީހުން ހަމަވާ ކޮންމެ އިދާރީ ދާއިރާއަކަށް މެންބަރަކު ކަނޑައަޅަން ޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ ކުރިއަށް އޮތް މާޗް 17 ވަނަ ދުވަހު އެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅައި ކުރިއަށް އޮތް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބާއްވަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިމަހުގެ 11 ވަނަ ދުވަހު ގާނޫނު އިސްލާހުކޮށްފަ އެވެ. މިއިސްލާހަށް އަމަލުކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިބިލް ތަސްދީގުކުރެއްވުމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-