-Advertisement-

-Advertisement-

މާލެ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ފޮޓޯ؛ މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ކޮންމެ ރޯދަ މަހަކު ބާއްވަމުން ގެންދާ ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ގުރުއާން މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭއިރު، ކޮންމެ ގޮތްޕެއްގައި ވެސް ހަ އުމުރުފުރާ ހިމެނެ އެވެ. މަދަހަ މުބާރާތުގައި ވެސް ބަލަނީ ހަމަ އެ އުމުރުފުރާތަކަށެވެ. އެއީ:

– 6 އަހަރުން ދަށް

– 9 އަހަރުން ދަށް

– 11 އަހަރުން ދަށް

– 13 އަހަރުން ދަށް

– 16 އަހަރުން ދަށް

– 19 އަހަރުން ދަށް

އެ ދެ މުބާރާތުގައި ވެސް ހަ އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފެއް ނުކުރާނެ އެވެ. ނަމަވެސް ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ފަސް ދަރިވަރުން ހޮވައި، ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ، 3 ވަނަ ހޮވާނެ ކަމަށް ކައުންސިލްގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.

ދެ މުބާރާތަށް ވެސް އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ މިދިޔަ މަހުގެ އެއްވަނަ ދުވަހަށް އެ ބައިވެރިވާ ދަރިވަރަކަށް ފުރުނު އަހަރަށެވެ.

ގުރުއާން މުބާރާތުގެ އުމުރުފުރާއަށް ކަނޑައަޅާފައިވާ އިނާމު:

1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓް އަދި 8000ރ.

2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓް އަދި 6000ރ.

3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓް އަދި 4000ރ.

މުޅި މުބާރާތުން ވަނަވަނަ އަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 25،000ރ.

2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 15،000ރ.

3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 10،000ރ.

މަދަހ މުބާރާތުގެ ކޮންމެ އުމުރުފުރާއަކަށް ކަނޑައަޅާފައިވާ އިނާމުތަކަކީ:

1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 7000ރ.

2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 5000ރ.

3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 3000ރ.

މުޅި މުބާރާތުން ވަނަވަނަ އަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 10،000ރ.

2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 7000ރ.

3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 5000ރ.

އެ ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގައި ބައިވެރިވުމަށް https://quranmadhaha.malecity.gov.mv/ ލިންކުން އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-