ހުޅުމާލޭ ފޭސް އެކަކުން ދުއްވާފައި ދިޔަ ވޭނެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ތިން އުޅަނދަކަށް ވަރަށް ބޮޑަށް ގެއްލުންވެއްޖެ އެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގީ ނިރޮޅު މަގު، ދެވަނަ ރުއްގަނޑާ ހިސާބުން ދުއްވާފައި ދިޔަ ވޭނެއް ކާރެއްގައި ޖެހިގެން ކަމަށެވެ. އެ ކާރުން ކޮންޓްރޯލުން ނެއްޓި ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހި އެ އުޅަނދަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.
ހެނދުނު 6:20 ހާއިރު ހިނގި އެކްސިޑެންޓުގައި ކާރާއި ވޭން ދުއްވަން އިން މީހާއަށް ވެސް ކުދިކުދި އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނި އިރު، އަނިޔާ ވެފައިވަނީ 46 އަހަރާއި 52 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
މިއީ، ކިހިނެއް ހިނގަން މެދުވެރިވި އެކްސިޑެންޓެއް ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.