-Advertisement-

-Advertisement-

މި ސަރުކާރު ވެރިކަމަށް އައީ ދޮގު ހަދައިގެން: ފައްޔާޒް

އެމްޑީޕީ މަޖިލިސް ކެމްޕޭން އިފްތިތާހު ކުރި ޖަލްސާ ގައި ފައްޔާޒް ވާހަކަ ދައްކަނީ. ފޮޓޯ: މުހައްމަދު ޝާބިން / ނިއުސްލެބް

އާ ސަރުކާރު ވެރިކަމަށް އައީ ދޮގު ހަދައިގެންކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވަނީ އަންނަ މަޖިލިސް އިންތިހާބަށް “މިސްރާބު ހަމަ މަގަށް” ނަމުގައި އެމްޑީޕީން ފައްޓާ ކެމްޕެއިން އިފްތިތާހް ކުރުމަށް މިރޭ ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ފައްޔާޒު ވަނީ އާ ސަރުކާރު ވެރިކަމަށް އައީ ދޮގު ހަދައިގެން ކަމަށާއި މި ސަރުކާރަށް 100 ދުވަސްވީ އިރު 300 ދޮގު ހަދާފައިވާ ކަމަށް ވިދާޅުވެފައެވެ.

އާ ސަރުކާރުން ވެރިކަމަށް އައީ އިގްތިސާދު ރަނގަޅު ކުރާނަމޭ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދޭނެ ކަމަށް ކިޔައިގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ހުރިހާ ކަމެއް ކުރަމުން އެ ދަނީ ބަލާލުމެއް ނެތި ކަމަށާއި ރާއްޖޭގެ އިގްތިސާދު މިދަނީ އަނދަވަޅަކާ ދިމާއަށް ކަމަށް ފައްޔާޒް ސިފަ ކުރެއްވިއެވެ.

މީގެ އިތުރުން ފައްޔާޒް ވަނީ އެމްޑީޕީ އުފެދިގެން އައި ގޮތަށް ވެސް އަޅިއަޅުއްވާލާފައެވެ. އެ ގޮތުން އެމްޑީޕީ އުފެދިގެން އައީ ދިވެހި ރައްޔިތުންނަށް ހައްގުތަކެއް ހޯދައި ދިނުމުގެ ނިޔަތުގައި ކަމަށާއި އަނިޔާވެރި މުޖުތަމައުއެއްގައި އެ ހާލަތު ބަދަލުކޮށް ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރެއް ހޯދައި ދިނުމައްޓަކައި ނިކުތް ޕާޓީއެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-