އައްޑޫ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައި، ކާރެއް ފުރޮޅާލައިފި އެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހެނދުނު 6:15 ހާއިރު، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ހުންނަ ސަރަހައްދުން މެދެއާރި މަގާއި ޝަރަފުއްދީން މަގު ގުޅޭ ކަންމަތީގައި ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމަށް ރިޕޯޓެ ލިބިފައިވެއެވެ.
އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް އެކްސިޑެންޓުވި ދެ ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްކާރު ދުއްވަން އިނީ އަންހެނެކެވެ. އަނެއް ކާރު ދުވަން އިނީ ފިރިހެނެކެވެ. ދެ މީހުންނަކީ ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުންނެވެ.
ފުލުހުން އަންނަނީ މި އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ.