-Advertisement-

-Advertisement-

ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި، އިންޒާރުދިން 4 މީހަކު ހައްޔަރުކޮށްފި

ފުލުހުން / ފޮޓޯ: ރައސިްއޮފީސް

ޓްރެފިކް ގަވާއިދާ ހިލާފުވެ ހުޅުމާލޭގައި ބާރު ސްޕީޑުގައި ސައިކަލެއް ދުއްވި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރުމުން ފުލުހުންގެ މަސައްކަތަށް ހުރަސް އަޅާ ފުލުހުންނަށް މަރުގެ އިންޒާރު ދިން 4 މީހަކު ހައްޔަރު ކޮށްފިއެވެ.

މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 1:20 ހާއިރު ހުޅުމާލެ ފޭސް 1 އިން ޓްރެފިކް ގަވައިދާ ހިލާފަށް އަދި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މަޑުކުރަން ފުލުހުން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ސައިކަލު މަޑުނުކޮށް ބާރު ސްޕީޑުގައި ފޭސް 2 އަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އެ ސައިކަލު ހުއްޓުވީ ފޭސް ދޭއްގައި ހުންނަ ހިޔާ ފްލެޓް 11 ކައިރިންނެވެ. ދުއްވަން އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށް ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ. އަދި އެ ސަރަހައްދުގެ އާއްމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކޮށް އެ ތަނުގައި ހަރަކާތްތެރިވި ފުލުހުންނާއި އެ ފުލުހުންގެ އާއިލާއަށް ނިސްބަތްކޮށް އިންޒާރު ވެސް އެ މީހާ ދިން ކަމަށް މައުލޫމާތު ދިނެވެ.

އެ މައްސަލައާ ގުޅިގެން އެކި ދުވަސްމަތިން ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހަކު ހައްޔަރުކުރި ކަމަށާއި އެއީ އުމުރުން 21 އަހަރުގެ ދެ މީހުންނާއި 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއް ކަމަށާއި އެ މީހުންގެ ތެރެއިން 21 އަހަރުގެ ދެ މީހުންނާއި 24 އަހަރުގެ މިހާ ހައްޔަރުކުރީ ހުޅުމާލެއިން ކަމަށާއި 21 އަހަރުގެ އެކަކު ހައްޔަރު ކުރީ މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-