-Advertisement-

-Advertisement-

ބޯޓުގެ މިލްވެރިކަން ކައިޒީން އަކަށް ނުލިބުން، ޝަރީއަތް ކާމިޔާބުވީ ބައްޕައާ އެއްކޮޅަށް

ކައިޒީން

ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރި ދައުވާގައި ބޯޓުގެ މިލްކުވެރިކަން ކައިޒީންއަށް ދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީގެން ކައިޒީން ގަތް ކަމަށް އޭނާ ބުނާ ބޯޓެއް، އޭނާގެ ރުހުން ނެތި ބައްޕަގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބުނެ އުފުލާފައިވާ ދައުވާއެކެވެ. އެހެންވެ، ކައިޒީން ދައުވާކުރީ އެ ބޯޓު އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ.

ނަމަވެސް ސިވިލް ކޯޓުން ނިންމީ ކައިޒިންގެ ބައްޕަ އިބްރާހިމްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ބޯޓަކީ ކައިޒީން ފައިސާ ދީގެން ގަނެފައިވާ ބޯޓެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށެވެ. އެއީ އެ ބޯޓު ގަތުމަށް ކައިޒީން ފައިސާ ދިން ގޮތާއި އަދަދާ މެދު ހެކިވެރިޔާގެ ހެކި ބަހުގައި ވެސް ފުށުއެރުންތަކެއް ހުރުމުން ހެކިވެރިޔާއާ މެދު ސުވާލު އުފެދޭތީ ކަމަށް ހުކުމްގައި ބުންޏެވެ.

މި މައްސަލައިގައި ބައްޕަގެ ފަރާތުން ޖަވާބު ހުށަހަޅާފައި ނުވާތީ މަދަނީ އިޖުރައާތުގެ ގާނޫނުގެ ދަށުން ބައްޕަގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމަންވެސް ކައިޒީން ވަނީ ސިވިލް ކޯޓުގައި އެދިފައެވެ. ނަމަވެސް އެ ކޯޓުން މިދިޔަ އަހަރު ނިންމާފައި އޮތީ އެގޮތަށް ހުކުމް ކުރެވެން ނެތް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-