-Advertisement-

-Advertisement-

ތުރުކީން ގެންނަ ކާޑު ޝިޕްމަންޓް ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމަށް އެސްޓީއޯއިން ބުނެފި

އެސްޓީއޯ

ތުރުކީން ގެންނަ ކާޑު ޝިޕްމަންޓް ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

މިދިޔަ މަހު ރާއްޖެއަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް ގެންނަން ތުރުކީ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

“ހަނޑޫ، ހަކުރު، ފުށާއި އެކިއެކި ބާވަތްތައް ތުރުކީން މުޅި ރާއްޖެ އަށް އެއް އަހަރަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް 10 ޕަސެންޓް ލާފައި މިހާރު ވަނީ އެއްބަސްވުން ހެދިފައި. ފުށުގެ ފުރަތަމަ ޝިޕްމަންޓަށް ވަނީ އޯޑަރު ދެވިފައިި. ފެބްރުއަރީ މަހު އަންނާނެ،”ރައީސް

ހަމައެކަނި ތުރުކީއަށްވެސް ބަރޯސާނުވެ، އެހެން ގައުމުތަކުން ފިޔާ، އަލުވި އަދި ބިސް ގެންނަން ހަމަޖެހިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގަތް ރައީސް ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް ކުރެއްވީ ތުރުކީއަށެވެ. އަދި ރައީސް ގެންދަވަނީ ތުރުކީއާ ދެމެދު ގާތްގުޅުމެއް ބާއްވަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-