-Advertisement-

-Advertisement-

އިންތިހާބު ދެން ޖެހޭނީ ލަސްކުރަން، އިތުރަށް ދައްކާނެ ހުއްޖަތެއް ނެތް: އެމްޑީޕީ

އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު (ބިގޭ)

އިންތިހާބު ދެން ޖެހޭނީ ލަސްކުރަންކަމަށާއި އިތުރަށް ދައްކާނެ ހުއްޖަތެއް ނެތްކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

މިއަދު އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ، އިންތިހާބު ފަސްކުރުމުގެ ބިލު ފާސްކޮށްފައި ފޮނުވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ވަނީ ނެންގެވެން އޮތް އެންމެ ގިނަ މުއްދަތެއް ނަންގަވާ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާފައި ކަަމަށެވެ.

އެ ބިލު މިއަދު 47 މެންބަރުންގެ ވޯޓުން ފާސްކޮށްފައި ވާ ކަން ފާހަގަ ކުރައްވާ ބިގޭ ވިދާޅުވީ، ދެން އެ ބިލު ރައީސް ޖެހިވަޑައިގަންނަވާނީ ތަސްދީގް ކުރައްވަން ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ތިންބާރު ވަކިވެފައި އޮންނަ އިރު އެއްބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވާތީ އެމްޑީޕީން ކަންބޮޑުވާ ކަމަށް ވެސް ބިގޭ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ އިންތިހާބު ރޯދައިގެ ފަހަށް ލަސްކުރުމާ މެދު ރައްޔިތުންގެ އަޑު މިއަދު އިއްވައިފި ކަމަށެވެ.

“ގާނޫނު އަސާސީ ވަރަށް ސާފު [އެކަމުގައި]. އަޅުގަނޑުމެން މިއުއްމީދުކުރަނީ ރައީސުލް ޖުމްހޫރިއްޔާ އިހުތިރާމްކުރައްވާނެ ކަމަށް،” ހިސާން

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ “އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ” ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-