-Advertisement-

-Advertisement-

މަޖިލީހުން ދަނީ ޝަރުއީ ދާއިރާއަށް ބާރު ހިންގަމުން: ރައީސް

ރައީސް ޑރ. މުއިއްޒު /ފޮޓޯ: ރައިސްއޮފީސް

މަޖިލީހުން ދަނީ ޝަރުއީ ދާއިރާއަށް ބާރު ހިންގަމުން ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރެއް ނެރުނަސް އެ އަމުރު މަޖިލީހުގެ ކުރިމަތީގައި އެއްވެސް އެއްޗަކަށް ނުވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އުތުރުގެ ރައްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި  ނ. ހޮޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވަނީ ޝަރުއީ ދާއިރާއަށް ބާރު ހިންގަމުން ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރެއް ނެރުނަސް އެ އަމުރު މަޖިލީހުގެ ކުރިމަތީގައި އެއްވެސް އެއްޗަކަށް ނުވާ ކަމަށާއި ސަރުކާރާ އިދިކޮޅު ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަމަލުތައް ހުރީ ބަޔަކަށް ތަބާވާ އަޅުންތަކެއް ގޮތަށްކަމަށް ވިދާޅުވެފައެވެ.

“އެ ބައެއްގެ މައްޗަށް ބާރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓުކުރާ، ބޭނުން ގޮތަކަށް، ބޭނުން ގޮތަކަށް ވޯޓު ދިނުމުގަ ތަބާވާ އަޅުންތަކެއްގެ ގޮތުގަ ތިބޭ މެންބަރުންތަކެއް މަޖިލީހަށް ވެއްދުމަކީ އެއީ މިދިޔަ ތިން މަސްދުވަހުގެ ތެރޭގަ އަޅުގަނޑުމެންނަށް ފެނުނު މަންޒަރު ތަކުރާރުވެ ދުވަހަކު ވެސް ރާއްޖެއަށް އަނބުރާ ދެން އިޔާދަ ނުކުރެވޭނެ ހިސާބަށް އަޅުގަނޑުމެންގެ ގައުމުގެ ކަންކަން ދާނެ ކަމަކަށް ވާނެ،” ރައީސް

އެހެންކަމުން ކުރިއަށް އޮތް އިންތިހާބުގައި މިކަމަށް ވިސްނާ، ރައްޔިތުން ނިންމަން ޖެހޭނީ ރައްޔިތުން އުންމީދުކުރާ ކަހަލަ ދިވެހި ގައުމެއް ބިނާކުރުމަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-