-Advertisement-

-Advertisement-

ސްޕްރީމް ކޯޓުން ނިންމީ މަޖިލީހުން ނިންމި ނިންމުން ޤާނޫނު އަސާސީއާ ޚިލާފުކަމަށް!

ރައްޔިތުންގެ މަޖިލީހުގެ އިދާރާ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ވޯޓު ގުނާގޮތަށް ޤަވާއިދަށް ގެނައި ބަދަލަކީ ޤާނޫނު އަސާސީއާ ޚިލާފު ބަދަލެއް ކަމުގައި، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހާއި ދެކޮޅަށް ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅުއްވީ، ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ ފަރާތްޕުޅުންނެވެ.

އެ މައްސަލަ ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ސްޕްރީމްކޯޓަށް ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް އޮތުމާއި އެކު، މަޖިލީހުގެ ޤަވާއިދަށް ގެނައި ބަދަލުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރެވޭނެ ގޮތް އިދިކޮޅު ފަރާތްތަކަށް އިތުރަށް ފަސޭހަ ވެގެންދާތީއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު އިރު، ރައްޔިތުންގެ މަޖިލީހުގައި ޖުމުލަ 87 މެމްބަރުން ތިއްބެވި ނަމަވެސް، އައު ސަރުކާރާއިގުޅިވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ގޮނޑިތައް ދޫކޮށްލެއްވުމުން ރައްޔިތުންގެ މަޖިލީހުގައި ދެމިތިއްބެވި މެމްބަރުންގެ ޖުމުލަ އަދަދު 80އަށް ދަށަށް ގޮސްފައިވެއެވެ އަދި ރައްޔިތުންގެ މަޖިލީސް ނިމެން ބާކީ 6 މަސްދުވަސް ނެތުމާއިއެކު އެގޮނޑިތަކަށް އަލުން މެމްބަރުން އިންތިޚާބުކުރާކަށްވެސް ނުޖެހެއެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ ވޯޓު ގުނުމާއި ކޯރަމް އަދި ފާސްވާ އަދަދު ކަނޑައެޅުމުގައި ބަލަންޖެހޭނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދަށެވެ. އެއަދަދަކީ ވަކި އަދަދެއްގެ ގޮތުގައި ޤާނޫނު އަސާސީގައި ކަނޑައަޅާފައެއް ނުވެއެވެ.

ސްޕްރީމްކޯޓުން މިއަދު ނިންމި ނިންމުމުގައި ވަނީ، މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާޙް ޤާނޫނު އަސާސީއާ ޚިލާފު ނަމަވެސް މިހާރު އެމާއްދާތައް މަޖިލީހުގެ ޤަވާއިދުން އުނިކޮށްފައިވާތީ، އެކަމަށް ކޯޓުން އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-