-Advertisement-

-Advertisement-

މޯލްޑިވިއަނުން ލަންކާ އަށް އުދުހުންތައް އަލުން ފަށަނީ

މޯލްޑިވިއަންގެ މަތިންދާބޯޓެއް

އަންނަ އޭޕްރިލް މަހުގެ ފަހުކޮޅު ގައުމީ އެއާލައިން މޯލްޑިވިއަނުން ރާއްޖެ އާއި އަވަށްޓެރި ސްރީލަންކާ އާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށަން ތައްޔާރު ކަމަށް ހާމަކޮށްފިއެވެ.

މޯލްޑިވިއަންއިން ބުނީ އަންނަ އެޕްރީލް މަހުގެ 25 އިން ފެށިގެން ލަންކާއަށް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށާއި، ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ފްލައިޓެއް ބާއްވާނެ ކަމަށެވެ.

މީގެއިތުރުން ދަތުރުތައް ލަންކާއަށް ކުރުމަށް ހަމަޖެހިފައި ވަނީ އޭ-320 މަރުކާގެ ބޯޓަކުން ކަމަށާއި، ޓިކެޓަށް މިހާރު ބުކިން ހެއްދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ލަންކާއަށް ދަތުރުތައް ފެށުމާއި ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަލްފާޟިލް އިބްރާހިމް އިޔާސް ވިދާޅުވީ މި ރޫޓާއި އެކު ރާއްޖެއާއި ލަންކާއި ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށާއި އަދި މިއީ އެއެއާލައިންގެ ބައިނަލްއަގުވާމީ ނެޓްވޯކް ފުޅާވެކުރުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް މޯލްޑިވިއަންއިންގެ ދަތުރުތައް ކުރަމުން އަންނައިރު، މޯލްޑިވިއަންއިން އަންނަނީ ރާއްޖޭގެ 16 ސަރަހައްދަކަށްވެސް ދަތުރުތައް ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-