-Advertisement-

-Advertisement-

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން މީހަކު ހޯދަނީ

ފުލުހުން ހޯދަމުންދާ ކ. މާލެ / މ. ތަރިވިލާގެ، ފާޠިމަތު އަޙްމަދު

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ހޯދަން ފަށާފައިވަނީ  ކ. މާލެ / މ. ތަރިވިލާގެ، ފާތިމަތު އަހުމަދު (37އ) އެވެ. ފާތިމަތު އަހުމަދު ހޯދަމުން ދަނީ ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެހުރެ އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެފަދަ އަމަލެއް ގަސްތުގައި ހިންގުމުގެ ކުށުގެ މައްސަލައިގައެވެ.

މީނާ ކޯޓަށް މީގެކުރިން ހާޒިރުވެފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާޗު 4 ވަނަ ދުވަހުގެ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް ވަނީ ކޯޓުން އަމުރުކޮށްފައެވެ.

ފުލުހުން ވަނީ ފާތިމަތު އަހުމަދުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-